ޙަބަރު
ވޯޓަރ ކޮލިޓީ ޑޭޓާ ޖޫން 2019
ފެނުގެ
ޕީ.އެޗް އިން ފެނުގެ ބަރުމިނާއި ލުއިމިން އަދި އެ ފެން މައުދަނަކާއި އެކުވުމުން
އެމައުދަން ގިރުވާލުމުގެ ބާރު ހުރި މިންވަރު ދެނެގަނެވެއެވެ. ފެން
ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 242
ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ސާމްޕަލްތަކުގެ ނަތީޖާގެ 97.9 އިން ސައްތަ ހުރީ
އީ.ޕީ.އޭ. އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.
އެލެކްޓްރިކަލް
ކޮންޑަކްޓިވިޓީން ފެނުގައި ލޮނުގެ އަސަރު ހުރި މިންވަރު އަންގައިދެއެވެ. ފެން
ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 242 ސާމްޕަލް
ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ އިން
ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.
ފީކަލް
ކޮލިފޯމްއިން ދައްކައިދެނީ ފެނުގައި ނަޖިހުގެ އަސަރު އެކުލެވިގެންވާ މިންވަރެވެ.
ފެން ތަހުލީލުކުރުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތަށް ޖުމުލަ 310
ސާމްޕަލް ނެގުނެވެ. ތަހުލީލުކުރެވުނު ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ހުރީ އީ.ޕީ.އޭ
އިން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައެވެ.
ފަހުގެ ޚަބަރުތައް
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުން
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް ކްލައިމްޓް ޗޭންޖް އެންވަރަމެންޓް އެންޑް އެނާރޖީ ގުޅިގެން، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 08 ޖޫން 2024 ގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމުގައިވާ ކ.ތަނބުރުދޫގައި ސާފުކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގްލޯބް އިނީޝިއޭޓިވްގެ ލަރނިންގ އެކްސްޕެޑިޝަން ޓުދަ ސީ އިވެންޓް – އޮކްޓޯބަރ 2023
މި އޮކްޓޯބަރު މަހުގައި 1 ން ފެށިގެން 3 އާއި ހަމައަށް ދަ ގްލޯބަލް ލާނިންގ އެންޑް އޮބްޒަވޭޝަންސް ޓު ބެނެފިޓް ދަ އެންވަޔަރަންމަންޓް (ގްލޯބް) ޕްރޮގްރާމްގެ ފަރާތުން "2023 ލާނިންގ އެކްސްޕެޑިޝަން ޓުދަ ސީ" ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ބޭއްވިފައެވެ. މި އިވެންޓުގައި ގްލޯބް އިނީޝިއޭޓިވްއަށް ނިސްބަތްވާ އޭޝިއާ ޕެސިފިކްގެ 6 ޤައުމެއްގެ 30 ދަރިވަރުންނާއި ހިންގުންތެރިން ބައިވެރިވެފައިވެއެވެ. މިގައުމުތަކަކީ މޮންގޯލިޔާ، ފިލިޕީންސް، ޓައިވާން، ތައިލޭންޑް، ވިއެޓްނާމް އަދި އިންޑިޔާއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ގަވަރނިންގ ބޯޑު އެކުލަވާލުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ 4 އޮކްޓޯބަރ 2020 ގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ގަވަރނިންގ ބޯޑު އަލުން އެކުލަވާލާފައެވެ. އަލަށް އެކުލަވާލެވުނު ގަވަރިނިންގ ބޯޑުގެ މެމްބަރުންނާއި 7 އޮކްޓޯބަރ 2020 ގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ބައްދަލުކޮށް މަރުޙަބާ ދަންނަވާފައެވެ.
ހުޅުލެ-މާލެ ބުރިޖު މަޝްރޫއު ހިންގުމުގައި 4/93 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާއި ޚިލާފަށް މަސައްކަތް ކޮށްފައިވާތީވެ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ޖޫރިމަނާކުރުން
ހުޅުލެ-މާލެ ބުރިޖު މަޝްރޫއު ހިންގުމުގައި 4/93 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނާއި ޚިލާފަށް މަސައްކަތް ކޮށްފައިވާތީވެ، "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ނަންބަރު:4/93)" ގެ ދަށުން ހަދާފައިވާ "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދަށް ރިޢާޔަތްކޮށް، ޖުމްލަ 892,500 (އަށްލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ) ރުފިޔާއިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާރ ވަނީ ޖޫރިމަނާކުރެވިފައެވެ.
އީ.ޕީ.އޭގައި ސިންގަލް ޔޫސް ޕްލާސްޓިކްސް ބޭނުން ކުރުން މުޅިން ހުއްޓާލައިފި
އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ތަންފީޒުކުރަމުންދާ ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު ((2013/R-58 ގެ މައިގަނޑު އެއް މަގުސަދަކީ ކުނި މަދުކުރުމުގެ ޕްރިންސިޕަލްތައް އާއްމު ދިރިއުޅުމުގައި އަށަގެންނެވުން ކަމަށްވާތީ، މިހާރު މިއޭޖެންސީއިންވަނީ ސިންގަލް ޔޫސް ޕްލާސްޓިކްސް، ނުވަތަ އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލުމަށް ތައްޔާރުކޮށްފައިވާ ޒާތުގެ ޕްލާސްޓިކުން ހަދާފައިވާ ތަކެތި މިއޮފީހުގައި ބޭނުންކުރުމާއި އެތެރެކުރުން 4 ޖުލައި 2018 ވަނަ ދުވަހުން ފެށިގެން މަނާކޮށްފައެވެ.
ބ.އޮޅުގިރި މެނޭޖްމަންޓް ޕްލޭން އާއިބެހޭގޮތުން ބައްދަލުވުމެއްބާއަވައިފި
ބ.އޮޅުގިރީގެ މެނޭޖްމަންޓް ޕްލޭންއާއި ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އީ.ޕީ.އޭ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ)، ބަޔޮސްފިޔަރ ރިޒަވް އޮފީސް އަދި ބަޔޮސްފިޔަރ ރިޒަވް ޓްރަސްޓް ފަންޑާއި ގުޅިގެން 04-02 އޮކްޓޯބަރ ގައި ބައްދަލުވުމެއް ބާއްވާފަައިވެއެވެ. މި ބައްދަލުވުމުގައި މިކަމާއި ގުޅުންހުރި ފަރާތްތަކުގެ ހިޔާލް ހޯދުމަށް އެފަރާތްތަކަށް މި ޕްލޭންހުށަހަޅާފައިވެއެވެ.
އީ.ޕީ.އޭ ގެ ފަރާތުން އއ.ތޮއްޑޫގައި ސާންޕްލިން ފޮއިންޓްތައް ބަހައްޓައިފި
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އިންޓަގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް (އައި.ޑަބްލިއު.އާރް.އެމް) ޕްރޮޖެޓްގެ އެހީގެ ދަށުން އއ.ތޮއްޑޫގައި ދިގުމުއްދަތަކަށް ގްރައުންޑް ވޯޓަރ މޮނިޓަރ ކުރުމުގެ ގޮތުން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި 08 ސާމްޕްލިންގ ޕޮއިންޓް ބަހައްޓައިފިއެވެ. މި ސާންޕްލިންގ ޕޮއިންޓްގެ ސަބަބުން ސާފު ފެނައް އަންނަބަދަލުތައް ފަސޭހަކަމާއިއެކު ދަނެގަނެވޭނެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން 'ބައިނަލްއަގުވާމީ ކޯސްޓަލް ކްލީން އަޕް' ޑޭ އެއް ފާހަގަކޮށްފި
ހުޅުމާލޭގައި ބޭއްވި 'ބައިނަލްއަގުވާމީ ކޯސްޓަލް ކްލީން އަޕް' ޑޭ ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް އަބްދުއްﷲ ޒިޔާދެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހޭޅިފަށާއި ގޮޑުދޮއް އަދި މޫދު ސާފުތާހިރުކޮށް ބޭއްވުމެވެ. މިގޮތުން ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން ނެގުނު ކުނީގެ އޯޑިޓެއް ވަނީ ހެދިފައެވެ. މި ޕްރޮގްރާމުގެ ދަށުން ވަނީ 399 ކަޅު ކޮތަޅުގެ ކުނި ނަގާފައެވެ. މިގޮތުން 179 ކޮތަޅުގެ ޕްލާސްޓިކް، 28 ކޮތަޅުގެ ދަޅު( ދަގަޑު/އެލްމިނިއަމް) ، 12 ކޮތަޅުގެ ބިއްލޫރި ފުޅި އަދި އެހެނިއެހެން ކުނީގެ ގޮތުގައި 180 ކޮތަޅު ނެގިފައިވެއެވެ.
އީ.ޕީ.އޭގެ ފަރާތުން ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމަންޓް ނެޓްވޯކް ވޯކްޝޮޕްގައި ބައިވެރިވެއްޖެ
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމަންޓް ނެޓްވޯކް ވޯކްޝޮޕްގައި އީ.ޕީ.އޭގެ ފަރާތުން ރިފްއަތު ނައީމް ބައިވެރިވެއްޖެއެވެ. މީގެ އިތުރުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ މޯލްޑިވްސް ޕޮލިސް ސާރވިސް އަދި މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ފަރާތުންނެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ މެންބަރ ގައުމުތަކާއި ގުޅިގެން އިލީގަލް ވައިލްޑް ލައިފް ކޮންޓްރޯލްކުރުމެވެ.
މުހިންމު ލިންކުތައް