ޙަބަރު

ގްލޯބް އިނީޝިއޭޓިވްގެ ލަރނިންގ އެކްސްޕެޑިޝަން ޓުދަ ސީ އިވެންޓް – އޮކްޓޯބަރ 2023

11 އޮކްޓޯބަރ 2023


މި އޮކްޓޯބަރު މަހުގައި 1 ން ފެށިގެން 3 އާއި ހަމައަށް ދަ ގްލޯބަލް ލާނިންގ އެންޑް އޮބްޒަވޭޝަންސް ޓު ބެނެފިޓް ދަ އެންވަޔަރަންމަންޓް (ގްލޯބް) ޕްރޮގްރާމްގެ ފަރާތުން "2023 ލާނިންގ އެކްސްޕެޑިޝަން ޓުދަ ސީ" ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ބޭއްވިފައެވެ. މި އިވެންޓުގައި ގްލޯބް އިނީޝިއޭޓިވްއަށް ނިސްބަތްވާ އޭޝިއާ ޕެސިފިކްގެ 6 ޤައުމެއްގެ 30  ދަރިވަރުންނާއި ހިންގުންތެރިން ބައިވެރިވެފައިވެއެވެ. މިގައުމުތަކަކީ މޮންގޯލިޔާ، ފިލިޕީންސް، ޓައިވާން، ތައިލޭންޑް، ވިއެޓްނާމް އަދި އިންޑިޔާއެވެ. މިޓީމްގެ އިންޓަނޭޝަނަލް ދަރިވަރުން ރާއްޖޭގެ ސްކޫލުތަކަށް ޒިޔާރަތްކޮށް އެދަރިވަރުން ގްލޯބް ޕްރޮގްރާމްގެ ތެރެއިން ހިންގާފައިވާ ސްޓެމްގެ ޕްރޮޖެކްޓްތަކާއި ބެހޭ މަޢުލޫމާތު ރާއްޖޭގެ ދަރިވަރުންނާއި ހިއްސާކުރެވުނެވެ. މިއިވެންޓުގައި ރާއްޖޭން ބައިވެރިވެފައިވަނީ މުޙްޔިއްދީން ސްކޫލުގެ 37 ބައިވެރިންނާއި ޢާޒީ ސްކޫލުގެ 31 ބައިވެރިންނެވެ. މި އިވެންޓުގެ ތެރެއިން ރާއްޖޭގެ ދަރިވަރުންނަށް ކިޔެވުމުމާއި ތިމާވެށި ނުވަތަ ސައިންސް ކްލަބްފަދަ ކްލަބްތަކުގެ ޚަރަކާތްތަކުގެ ތެރެއިން ހިންގާފައިވާ ސްޓެމްއާއި ގުޅުންހުރި މަސައްކަތްތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔައެވެ. މީގެއިތުރުންވެސް ދެފަރާތުގެ ޘަޤާފަތާއި ގުޅުންހުރި ޚަރަކާތްތައް ދައްކާލުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ. އީ.ޕީ.އޭ އަކީ ގްލޯބް އިނީޝީއޭޓިވްގެ ރާއްޖޭގެ ކަންޓްރީ ކޯޑިނޭޓަރ އެވެ. މިއިވެންޓް ކުރިޔަށް ގެންދިއުމުގައި އެމް. އެން.ޑީ.އެފް ކޯސްޓްގާރޑް އަދި އެމް.ޓީ.ސީ.ސީގެ ބައިވެރިކަމާއި އެއްބާރުލުން ލިބިފައިވެއެވެ.

ފަހުގެ ޚަބަރުތައް