ޙަބަރު

ބ.އޮޅުގިރި މެނޭޖްމަންޓް ޕްލޭން އާއިބެހޭގޮތުން ބައްދަލުވުމެއްބާއަވައިފި

ބ.އޮޅުގިރީގެ މެނޭޖްމަންޓް ޕްލޭންއާއި ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި އީ.ޕީ.އޭ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ)، ބަޔޮސްފިޔަރ ރިޒަވް އޮފީސް އަދި ބަޔޮސްފިޔަރ ރިޒަވް ޓްރަސްޓް ފަންޑާއި ގުޅިގެން 04-02 އޮކްޓޯބަރ ގައި ބައްދަލުވުމެއް ބާއްވާފަައިވެއެވެ. މި ބައްދަލުވުމުގައި މިކަމާއި ގުޅުންހުރި ފަރާތްތަކުގެ ހިޔާލް ހޯދުމަށް އެފަރާތްތަކަށް މި ޕްލޭންހުށަހަޅާފައިވެއެވެ.

އަދި  މިކަމާއި ބެހޭގޮތުން ބ.އަތޮޅު ކައިރީގައިވާ ރިޒޯޓް ތަކާއި، އަތޮޅު ކައުންސިލް، ހިތާދޫ އަދި ތުޅާދޫ ކައުންސިލް އާއި މަޝްވަރާކޮށްފައިވެއެވެ.

ފަހުގެ ޚަބަރުތައް

އީ.ޕީ.އޭ ގެ ފަރާތުން އއ.ތޮއްޑޫގައި ސާންޕްލިން ފޮއިންޓްތައް ބަހައްޓައިފި

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) އިންޓަގްރޭޓެޑް ވޯޓަރ ރިސޯސް މެނޭޖްމަންޓް (އައި.ޑަބްލިއު.އާރް.އެމް) ޕްރޮޖެޓްގެ އެހީގެ ދަށުން އއ.ތޮއްޑޫގައި ދިގުމުއްދަތަކަށް ގްރައުންޑް ވޯޓަރ މޮނިޓަރ ކުރުމުގެ ގޮތުން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި 08 ސާމްޕްލިންގ ޕޮއިންޓް ބަހައްޓައިފިއެވެ. މި ސާންޕްލިންގ ޕޮއިންޓްގެ ސަބަބުން ސާފު ފެނައް އަންނަބަދަލުތައް ފަސޭހަކަމާއިއެކު ދަނެގަނެވޭނެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން 'ބައިނަލްއަގުވާމީ ކޯސްޓަލް ކްލީން އަޕް' ޑޭ އެއް ފާހަގަކޮށްފި

ހުޅުމާލޭގައި ބޭއްވި 'ބައިނަލްއަގުވާމީ ކޯސްޓަލް ކްލީން އަޕް' ޑޭ ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް އަބްދުއްﷲ ޒިޔާދެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ހޭޅިފަށާއި ގޮޑުދޮއް އަދި މޫދު ސާފުތާހިރުކޮށް ބޭއްވުމެވެ. މިގޮތުން ސާފުކުރުމުގެ ޕްރޮގްރާމްގެ ދަށުން ނެގުނު ކުނީގެ އޯޑިޓެއް ވަނީ ހެދިފައެވެ. މި ޕްރޮގްރާމުގެ ދަށުން ވަނީ 399 ކަޅު ކޮތަޅުގެ ކުނި ނަގާފައެވެ. މިގޮތުން 179 ކޮތަޅުގެ ޕްލާސްޓިކް، 28 ކޮތަޅުގެ ދަޅު( ދަގަޑު/އެލްމިނިއަމް) ، 12 ކޮތަޅުގެ ބިއްލޫރި ފުޅި އަދި އެހެނިއެހެން ކުނީގެ ގޮތުގައި 180 ކޮތަޅު ނެގިފައިވެއެވެ.

އީ.ޕީ.އޭގެ ފަރާތުން ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމަންޓް ނެޓްވޯކް ވޯކްޝޮޕްގައި ބައިވެރިވެއްޖެ

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސްމަންޓް ނެޓްވޯކް ވޯކްޝޮޕްގައި އީ.ޕީ.އޭގެ ފަރާތުން ރިފްއަތު ނައީމް ބައިވެރިވެއްޖެއެވެ. މީގެ އިތުރުން މި ވޯކްޝޮޕްގައި ބައިވެރިވެފައިވަނީ މޯލްޑިވްސް ޕޮލިސް ސާރވިސް އަދި މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ފަރާތުންނެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގްސަދަކީ މެންބަރ ގައުމުތަކާއި ގުޅިގެން އިލީގަލް ވައިލްޑް ލައިފް ކޮންޓްރޯލްކުރުމެވެ.