ފަހުގެ ޚަބަރުތައް
މާލޭ ސަރަޙައްދުގައި ފެން ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގްރޭޓަރ މާލެ ސަރަޙައްދުގައި މޫދު ފެނުގެ ޙާލަތު ދެނެގަތުމައްޓަކައި ފެން ޓެސްޓުކުރުމުގެ މަސައްކަތް ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުންނެވެ. މިކަމާއި ގުޅިގެން އޯޝަން ކަންޓްރީ ޕާރޓްނާޝިޕް ޕްރޮގްރާމް (އޯ.ސީ.ޕީ.ޕީ) ގެ އެހީއާއި އެކު އީޕީއޭގެ މުވައްޒަފުން މި މަސައްކަތައް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވަނީ ހިންގިފައެވެ. އޯ.ސީ.ޕީ.ޕީ އަކީ ޔޫކޭ ސަރުކާރުގެ ފަރާތުން ބޭރު ގައުމުތަކަށް ތަރައްޤީގެ އެހީ ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުން
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް ކްލައިމްޓް ޗޭންޖް އެންވަރަމެންޓް އެންޑް އެނާރޖީ ގުޅިގެން، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 08 ޖޫން 2024 ގައި ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމުގައިވާ ކ.ތަނބުރުދޫގައި ސާފުކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގްލޯބް އިނީޝިއޭޓިވްގެ ލަރނިންގ އެކްސްޕެޑިޝަން ޓުދަ ސީ އިވެންޓް – އޮކްޓޯބަރ 2023
މި އޮކްޓޯބަރު މަހުގައި 1 ން ފެށިގެން 3 އާއި ހަމައަށް ދަ ގްލޯބަލް ލާނިންގ އެންޑް އޮބްޒަވޭޝަންސް ޓު ބެނެފިޓް ދަ އެންވަޔަރަންމަންޓް (ގްލޯބް) ޕްރޮގްރާމްގެ ފަރާތުން "2023 ލާނިންގ އެކްސްޕެޑިޝަން ޓުދަ ސީ" ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ބޭއްވިފައެވެ. މި އިވެންޓުގައި ގްލޯބް އިނީޝިއޭޓިވްއަށް ނިސްބަތްވާ އޭޝިއާ ޕެސިފިކްގެ 6 ޤައުމެއްގެ 30 ދަރިވަރުންނާއި ހިންގުންތެރިން ބައިވެރިވެފައިވެއެވެ. މިގައުމުތަކަކީ މޮންގޯލިޔާ، ފިލިޕީންސް، ޓައިވާން، ތައިލޭންޑް، ވިއެޓްނާމް އަދި އިންޑިޔާއެވެ.
މުހިންމު ލިންކުތައް