އެޖެންސީ

މި އެޖެންސީއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 18 ޑިސެންބަރު 2008 ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ދަށުން، ހިނގަމުންދިޔަ އެންވަޔަންމަންޓް ރިސަރޗް ސެންޓަރާއި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީ އުވާލައްވައި، މި ދެ ތަނުން ކުރަމުންގެންދިޔަ މަސައްކަތްތައް ކުރުމަށްޓަކައި "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަމުގައި 18 ޑިސެންބަރ 2008 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިދާރާއެކެވެ.


މަތީގައި ދަންނަވާފައިވާ ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަކީ، 20 މެއި 2012 އާއި ހަމަޔަށް މިނިސްޓްރީ އޮފް ހައުސިންގ، އެންޑް އެންވަޔަރަންމަންޓާ ގުޅިފައިވާ އަދި 21 މެއި 2012 އިން ފެށިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއްލިބިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ރެގިއުލޭޓަރީ އިދާރާއެއްގެ ގޮތުގައިވަނީ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައެވެ.


މިނިސްޓަރގެ ލަފަޔާއި، އިރުޝާދުގެ ދަށުން 06 ޖެނުއަރީ 2016 ގެ ނިޔަލަށް މިއެޖެންސީ ހިންގަވަމުން ގެންދެވީ ޑިރެކްޓަރ އެންވަޔަރަންމަންޓަލް އެސެސްމަންޓް އަލްފާޟިލް ޔަޒީދު އަޙްމަދެވެ. 07 ޖެނުއަރީ 2016 އިން ފެށިގެން މި އެޖެންސީ،  ހިންގަވަމުން ގެންދަވަނީ ޑިރެކްޓަރޖެނެރަލް އަލްފާޟިލް އިބްރާހީމް ނަޢީމެވެ